top of page

ގުޅަ

  • Writer: Vaahaka Goani
    Vaahaka Goani
  • May 14, 2019
  • 1 min read

Updated: May 15, 2019

"އަނާ... އަނާ..." މަންމަ ވަރަށް ބާރަށް ގޮވާލި އެވެ.


އޭރު އަނާ ހުރީ ހޫނު ގުޅައެއް ކާށެވެ. މަންމަ ކިތަންމެ ވަރަކަށް ގޮވިޔަސް ގުޅަ ނުކައި އަނާ ދާނީ ކިހިނެއް ހެއްޔެވެ؟ އަނާ މިއަދު މިހުރީ ރޯދައަށެވެ. މިއަދަކީ އަނާގެ ތިންވަނަ ރޯދައެވެ.

ree

އަނާ ނުދިއުމުން މަންމަ އަނާ ހޯދަމުން ހޯދަމުން އަނާގެ ގާތަށް އައެވެ. އައި އިރު އަނާ ގުޅަ ކާން ހުރިތަން ފެނުމުން މަންމަ ވަަރަށް ހައިރާންވިއެވެ.


"ދަރިފުޅާ ކީއްވެ ގުޅަ ކަނީ ؟ ރޯދަ ގެއްލޭނެ އެއްނު؟" މަންމަ އަހާލިއެވެ.


"މަންމާ މީހަކަށް ނުފެންނަ ނަމަ ނުގެއްލޭނެ އެއްނު؟" އަނާ ބުނެލިއެވެ. މިހެން ބުުނުމުން މަންމަ ގާތަށް ވަރަށް ހިނި އައެވެ. އަދި އަނާ އެހެން އެބުނީ ކީއްވެތޯ ސުވާލު ކުރިއެވެ. އަނާ މަންމަ އަށް ވީގޮތް ކިޔާދިނެވެ.

ކޮންމެ ދުވަހަކުވެސް އަނާ އަވައްޓެރި ގެއަކަށް ކުޅެލަން ދެއެވެ. މިގޭގައި ވަރަށް ބައިވަރު ކުދިން އުޅެއެވެ. އެކުދިންނާއިއެކު ކުޅެލާ ، މަޖާކޮށްލާ ހަދައެވެ. އާދައިގެ މަތިން ރޯދަ މަހުގެ ފުރަތަމަ ދުވަހު އެގެއަށް ކުޅެލަން ދިޔައެވެ. އެގޭގައި އުޅޭ އީކު، އަނާ އަށް އަބަދުވެސް ސަމާސާ ކުރާނެއެވެ. އަނާ މިކަމާ ވަރަށް ހިތްހަމަ ނުޖެހެއެވެ.


އެ ދުވަހު އީކު ހުރީ ގުޅައެއް ކާށެވެ. "ތީ ރޯދަ ނުކުންޏެއް ދޯ؟" އަނާ އީކު އާއި ދިމާޔަށް ބުނެލިއެވެ.


"ނޫން، ހަމަ ރޯދަ! " ހަމަ ވަގުތުން އީކު ބުންޏެވެ. "ރޯދައަށް ހުރެގެން ގުޅައެއް ކާލިއަސް ރޯދައެއް ނުގެއްލޭނެ! އެކަމަކު މީހަކަށް ފެނިއްޖެއްޔާ ރޯދަ ގެއްލޭނެ" މިވާހަކަ އަނާ އަށް ޤަބޫލު ކުރެވުނެވެ.


ree

"ދަރިފުޅާ މީހަކަށް ނުފެނުނަސް އަބަދު ވެސް މާތްﷲ ބައްލަވާ ވޮޑިގެންވާނެ އެއްނު؟" މަންމަ މި ވާހަކަ އަޑު އަހާފަ ބުންޏެވެ. "އެހެންވީމަ ކޮންމެވެސް ފަރާތަކަށް ދަރިފުޅު ގުޅަކާ ތަން ފެންނާނެ އެއްނު؟ ދެން ކިހިނެއް ހަދާނީ؟ އޭރުން ހަމަ ރޯދަ ގެއްލުނީ އެއްނު؟"


އަނާ އަށް އީކު ސަމާސާ ކުރި ކަން ވިސްނުނީމަ ވަރަށް ދެރަވިއެވެ.


"ދަރިފުޅަށް ނޭންގިގެންނު ގުޅަ ކެވުނީ؟ މިހާރު ދެން އެގުނީމަ، ނުކެއިމަ އެންމެ ރަގަޅު ވާނެ". މަންމަ އަށް އަނާ ދެރަވިކަން އެގުނީމަ ބުނެލިއެވެ.


ree

އަނާ ކުޑަކޮށް ހަމަޖެހިލާފަ މަންމަ އާއި އެކު ގޮސް އަނގަ ދޮވެލިއެވެ. އަދި އެ ރޯދަ މަހު އިތުރު ދިހަ ރޯދަވެސް ހިފިއެވެ.


ަނާގެރޯދަ ޯދަސީރީސް

1 Comment


Aami Saleem
Aami Saleem
May 26, 2019

Beautiful message! Enjoyed reading ☺️

Like
© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
© Copyright Vaahaka Goani
bottom of page